ނީލަން
ނަންބަރު: (IUL)430-DBA-I/430/2026/15
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2026
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 14 މޭ 2026 10:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަހުގެ އެކެޑަމީގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

ދިވެހިބަހުގެ އެކެޑަމީގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ކުރި ނަންބަރު (IUL)430-DBA-I/430/2026/12 އިޢުލާނާ ގުޅިގެން ނީލަމުގައި ބައިވެރިވި ފަރާތްތަކުން މުދަލަށް އަގު ހުށަހަޅައިފައި ނުވާތީ، މި ނީލަން ކިޔުމަށް އަލުން އިއުލާންކުރަމެވެ.

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ސޯސަންމަގުގައި ހުންނަ ދިވެހިބަހުގެ އެކެޑަމީ ހ. ސޯސަންގޭގައި 2026 މޭ 14ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 މޭ 13ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ހާޒިރުވުން އެދެމެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު، މި އިޢުލާނާ އެކު ހީރަސްކުރެވިފައި ވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2026 މޭ 13ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް ދިވެހިބަހުގެ އެކެޑަމީ ހ. ސޯސަންގެއަށް ޙާޒިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ އެ ނީލަން ކާމިޔާބުކުރި ފަރާތުން ނީލަންކިޔުނު ތަކެތީގެ އަގު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާ ނަމަ، މި އުސޫލުގައިވާ ގޮތުގެ މަތިން، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރުމަށް ފަހު އެ ތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މި ކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.

06 މޭ 2026