ދެންނެވުން
ނަންބަރު: 38/2015
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ ސިޔާސަތު

ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ ސިޔާސަތު

ސިވިލް ސަރވިސްގެ އިދާރާތަކުން ދެވޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމަށްޓަކައި، މުވައްޒަފުންގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ތަމްރީން ދިނުމުގެ ސިޔާސަތެއް ކަނޑައަޅާފައި އޮތުމަކީ މުހިންމު ކަމެކެވެ. އެ ގޮތުން، 1 ޖަނަވަރީ 2016 އިން ފެށިގެން އަމަލުކުރުމަށް ހަމަޖެހިފައިވާ "ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ ސިޔާސަތު" މި ސަރކިއުލަރއާއެކު އާންމު ކުރަމެވެ.

ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ، އާންމު ކުރެވޭ މި ސިޔާސަތަށް ރިޢާޔަތްކޮށްގެންނެވެ. މި ސިޔާސަތު ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

29 ޑިސެންބަރު 2015