ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2026/28
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 12 މޭ 2026 13:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ކްލިނިކަލް އެއިޑް

އިޢުލާން

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސީނިއަރ ކްލިނިކަލް އެއިޑް

މަޤާމުގެ ނަންބަރު

J-252751

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 4 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖް ހިޔާ، ހުޅުމާލެ

މުސާރަ

-/8،890ރ ރުފިޔާ

މަޤާމުގެ އެލަވަންސް

-/2،670ރ ރުފިޔާ

ހާޟިރީ އެލަވަންސް

-/70 ރުފިޔާ (ހާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތަށް (01 ނޮވެންބަރު 2025ގެ އިސްލާހާއި) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހާ އާއި ޑޮކްޓަރާއި ދެމެދު ދެކެވޭ މުއާމަލާތްތައް ތަރުޖަމާ ކޮށްދިނުމާއި، ބަލިމީހާ ބެއްލެވުމާއި އަދި ބޭސް ސިޓީ ލިޔުއްވުމުގެ މަސައްކަތުގައި ޑޮކްޓަރަށް އެހީތެރިވެދިނުމާއި، ބަލިމީހުންނާއި ބެލެނިވެރިންނާއި އަދި އެހެނިހެން ފަރާތްތަކަށް ޑޮކްޓަރ ދެއްވާ ސެޓްފިކެޓް، ލިޔުންފަދަ ތަކެތި ލިޔެ ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއެކު، އެފަރާތްތަކަށް ހަވާލުކޮށް އޭގެ ރެކޯޑްތައް ލިޔުމުން ބެލެހެއްޓުން.
  2. ތެލަސީމިއާ ކުދިންނަށް ލޭ އެޅުމަށް ބޭނުންކުރާ ކްރޮސްމެޗް ސްލިޕްގެ ކަންކަން ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން، ބެލެހެއްޓުމާއި، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ތަކެތި ދޫކުރުމާއި އަދި އެކަމާއި ގުޅޭ ރެކޯޑްތައް ލިޔުމުން ކޮންމެ ދުވަހަކު އަދާހަމަކޮށް ބެލެހެއްޓުން.
  3. ތެލަސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީސް ބަލި މީހުން ރެޖިސްޓްރީ ކުރުމާއި، އެކުދިންގެ ރެޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުމާއި، މެޑިކަލް ސަރވިސް ލިސްޓު ބެލެހެއްޓުމުގައި ސުޕަވައިޒަރަށް އެހީތެރިވުން.
  4. ތެލަސީމިއާ ބަލިމީހުން އެބަޔަކު ދިރިއުޅޭ އަތޮޅުން، ބޭސް ދޫކުރުމުގެ ސިޔާސަތުގެ ދަށުން، ރިކުއަރމަންޓް ލިސްޓު ބެލެހެއްޓުމާއި އަދި އަދާހަމަ ކުރުމުގައި ހުއްދަ ހޯދައިގެން މި މަސައްކަތް ނިންމުން.
  5. ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ރަށްރަށަށް ކުރާ ދަތުރުތައް ރޭވުމުގައި އަދި ބްލަޑް ކޭޕްމްތަކުގައި އެހީތެރިވެދީ އަދި ބައިވެރިވުން.
  6. ބޯންމެރޯ ޓްރާންސްޕްލާންޓް، ހެމަޓޮލޮޖީ ކްލިނިކް އަދި އެޗް.އެލް.އޭ ޓައިޕިންގްއާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށް އެހީތެރިވުމަށް ގަވައިދުން ގުޅުމާއި، ވިލަރެސްކުރުމާއި އަދި  އެ ރިކޯޑްތައް ބެލެހެއްޓުމާއި ޗެކުކުރުން.
  7. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރގެ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގައި ދިރިއުޅުއްވާ  ޕޭޝަންޓުންނާއި މުޢާމަލާތު ކުރުމާއި، ޕޭޝަންޓުންގެ ހާލަތު ކޮންމެ ދުވަހަކު ބެލުމާއި، ޕޭޝަންޓުންނަށް ބޭނުންވާ ކަމާއި ގުޅޭ ފަންނީ މާހިރުންނާއި ގުޅުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުން.
  8. ކުރީބައިގައި ބަލިމީހުން ބެލުމަށްޓަކައި ކޮންސަލްޓޭޝަން ރޫމްތައް ތައްޔާރުކުރުމާއި، ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުމާއި ރޫމްގެ ސާފުތާހިރުކަން ހުރިނެތްގޮތް ބަލައި ޗެކްކުރުން އަދި ތަކެއްޗަށް އެދުމާއި، ހަވާލުވުމާއި އަދި ފާހަގަ ވާކަންކަން ރަނގަޅުކުރުމާއި، އެ މަސައްކަތުގައި ކަމާގުޅޭ ޑަކްޓަރުންނަށާއި އިދާރާއަށް ކޮންމެ ދުވަހަކު އެހީތެރިކަން ދިނުން.
  9. އެކިއެކި ހެލްތު ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއެކު ބައިވެރިވުމާއި އަދި އެހީތެރިވެދިނުން އަދި ބަލިމީހުން ތިބޭ މުވާސަލާތީ ގްރޫޕްތަކުގައި ހުއްދަ ހޯދައިގެން ދޭންޖެހޭ ޖަވާބު ވަގުތުގައި ދިނުމުގައި ސުޕަވައިޒަރަށް އެހީތެރިވެދިނުން.
  10. ކައުންޓަރ ނުވަތަ ރިސެޕްޝަންގައި މަސައްކަތް ކުރުމަށް އެންގުމުން ފްރަންޓް އޮފީހުގެ މަސައްކަތް ތައް ފުރިހަމަކުރުން އަދި ރިސެޕްޝަން މުވައްޒަފުންގެ ސުޕަވިޒަން މަސައްކަތް ކޮންމެ ދުވަހަކު ކުރުން. އަދި  ކޮންމެ ދުވަހަކު ދޫކުރާ ސަލާމް ސެޓްފިކެޓްތަކުގެ ކޮޕީ ބެލެހެށްޓުމާއި ނަމްބަރު ކެނޑުމާއި އަދި މި ލިޔުންތަކަކީ ސައްޙަގޮތުގައި ދޫކުރާ ލިޔުންތަކެއްކަން ބަލައި އޮފީހަށް ރިޕޯރޓް ކުރުން.
  11. ޑަކްޓަރުންގެ ޑިއުޓީ ތާވަލުތައް ތައްޔާރުކޮށް އަދި އަދާހަމަކޮށް، ތާވަލާއި އަދި ވަގުތައް ބަދަލެއް އާދޭތޯ ނުވަތަ ކެންސަލް ވޭތޯ ބެލުމާއި، ނަމްބަރު ދޫކުރާގޮތް ބެލުމާއި، އަދި ޑަކްޓަރުންނާ މުއާމަލާތް ކުރުމާއެކު ސުޕަވައިޒަރުގެ ހުއްދަ ހޯދައިގެން ޑަކްޓަރުން ބައްލަވާ ގޮތުގެ ތާވަލު އާއްމުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ފުރިހަމަކުރުން.
  12. އެކިއެކި ލައިސަންސް އަދި ރަޖިސްޓްރީ ހޯދުމަށްޓަކައި ހުއްދަ ހޯދައިގެން ލިޔެކިޔުން ހޯދައި، ފޯރމު (ޕޯރޓަލް) ތައްޔާރުކުރުމާއި އަދި ހުށަހެޅުމާއި، ޕޯރޓަލްތަކަށް ބޭނުންވާ ޔޫސަރ ކްރިއޭޓް ނުވަތަ ޔޫސަރ ޑިސްއޭބަލް ކުރުމަށް އައި.ޓީ އަދި ސާރވިސް ޕްރޮވައިޑަރުންނާ ވިލަރެސްކޮށްގެން ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާ، ގަވައިދު އަދި އުސޫލުތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގައި ސުޕަވައިޒަރަށް އިސްނަގައިގެން އެހީތެރިވެދިނުން.
  13. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް" ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގޮރޭޑްލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ކަސްޓަމަރ ކެއަރ
  • ކަސްޓަމަރ ސަރވިސް

މަގާމުގެ ތައުލީމީ ރޮގުތަށް

ނެތް

މަގާމުގެ ޕްރިފާރޑް ޑިސިޕްލިން

ނެތް

މަގާމުގެ ކޯޑިސިޕްލިން

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 12 މެއި 2026  ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އަދި   އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ  2026 މެއި / ޖޫން މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

05 މޭ 2026