ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 259 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 04 ޛުލްޤަޢިދާ 1447 ، 22 އޭޕްރީލް 2026 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 15 އޭޕްރީލް 2026 އިން 21 އޭޕްރީލް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން
- ކައުންސިލްގެ ޖޭ.އެލް.ސީ.އެލް ފަންޑުގެ ހަރަކާތް ނަންބަރު 2.3.1.1.1.28 (ޤުރުއާން މުބާރާތެއް ބޭއްވުން އަދި ޤުރުއާން މުބާރާތަށް ފަރިތަކުރުމަށް ޤުރުއާން ކްލާހެއް ހިންގުން) ހަރަކާތުގެ ބިލްތަށް ނިންމުމަށް އިތުރަށް 20000.00 (ވިހިހާސް ރުފިޔާ) ބޭނުންވާތީ، މި ހަރަކާތުގެ ޖީ.އެލް ކޯޑް 223013 (އެކިއެކި ރަސްމީ މުބާރާތްތަކާއި މުނާސަބަތު ފާހަގަ ކުރުމަށް ކުރާ ޚަރަދު) އަށް 20000 (ވިހިހާސް ރުފިޔާ) އިތުރުކުރުމުގެ މައްސަލަ.
- ކައުންސިލްގެ އިދާރާއަށް ސްޓޮކް މެނޭޖްމެންޓް ސޮފްޓްވެއަރ އެއް ގަތުމަށް، ޖޭ.އެލް.ސީ.އެލް ފަންޑުގައި (ކައުންސިލް އިދާރާގައި ބޭނުންކުރުމަށް އެކިއެކި ސޮފްޓްވެއަރ ހޯދުން) ނަމުގައި ހަރަކާތެއް އުފައްދައި، މި ހަރަކާތުގެ ޖީ.އެލް.ކޯޑް 423007 (ކޮމްޕިއުޓަރ ސޮފްޓްވެޔަރ) އަށް 34000.00 (ތިރިސް ހަތަރުހާސް ރުފިޔާ) ގެ ބަޖެޓެއް ފާސްކުރުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2026/16/4/259/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 15 އޭޕްރީލް 2026 އިން 21 އޭޕްރީލް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ކައުންސިލްގެ ޖޭ.އެލް.ސީ.އެލް ފަންޑުގެ ހަރަކާތް ނަންބަރު 2.3.1.1.1.28 (ޤުރުއާން މުބާރާތެއް ބޭއްވުން އަދި ޤުރުއާން މުބާރާތަށް ފަރިތަކުރުމަށް ޤުރުއާން ކްލާހެއް ހިންގުން) ހަރަކާތުގެ ބިލްތަށް ނިންމުމަށް އިތުރަށް 20000.00 (ވިހިހާސް ރުފިޔާ) ބޭނުންވާތީ، މި ހަރަކާތުގެ ޖީ.އެލް ކޯޑް 223013 (އެކިއެކި ރަސްމީ މުބާރާތްތަކާއި މުނާސަބަތު ފާހަގަ ކުރުމަށް ކުރާ ޚަރަދު) އަށް 20000 (ވިހިހާސް ރުފިޔާ) އިތުރުކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ޤުރުއާން މުބާރާތުގެ ބިލްތައް ނިންމުމަށް 20000.00 (ވިހިހާސް ރުފިޔާ) ބޭނުންވާތީ، މި ހަރަކާތުގެ ޖީ.އެލް ކޯޑް 223013 (އެކިއެކި ރަސްމީ މުބާރާތްތަކާއި މުނާސަބަތު ފާހަގަ ކުރުމަށް ކުރާ ޚަރަދު) އަށް 20000 (ވިހިހާސް ރުފިޔާ) އިތުރުކުރުމާމެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- ކައުންސިލްގެ އިދާރާއަށް ސްޓޮކް މެނޭޖްމެންޓް ސޮފްޓްވެއަރ އެއް ގަތުމަށް، ޖޭ.އެލް.ސީ.އެލް ފަންޑުގައި (ކައުންސިލް އިދާރާގައި ބޭނުންކުރުމަށް އެކިއެކި ސޮފްޓްވެއަރ ހޯދުން) ނަމުގައި ހަރަކާތެއް އުފައްދައި، މި ހަރަކާތުގެ ޖީ.އެލް.ކޯޑް 423007 (ކޮމްޕިއުޓަރ ސޮފްޓްވެޔަރ) އަށް 34000.00 (ތިރިސް ހަތަރުހާސް ރުފިޔާ) ގެ ބަޖެޓެއް ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލްގެ އިދާރާއަށް ސްޓޮކް މެނޭޖްމެންޓް ސޮފްޓްވެއަރ އެއް ގަތުމަށް، ޖޭ.އެލް.ސީ.އެލް ފަންޑުގައި (ކައުންސިލް އިދާރާގައި ބޭނުންކުރުމަށް އެކިއެކި ސްފްޓްވެއަރ ހޯދުން) ނަމުގައި ހަރަކާތެއް އުފައްދައި، މި ހަރަކާތުގެ ޖީ.އެލް.ކޯޑް 423007 (ކޮމްޕިއުޓަރ ސޮފްޓްވެޔަރ) އަށް 34000.00 (ތިރިސް ހަތަރުހާސް ރުފިޔާ) ގެ ބަޖެޓެއް ފާސްކުރުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2026/16/4/259/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 259 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
|
ވިހެއުމާގުޅިގެން ޗުއްޓީގައި |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|