ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2026/61
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 12 މޭ 2026 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮސިކިއުޝަން ކޭސް އޮފިސަރ

ވަޒީފާގެ ފުރުސަތު

 

މަޤާމް:              އެސިސްޓަންޓް ޕްރޮސިކިއުޝަން ކޭސް އޮފިސަރ

ބޭނުންވާ ޢަދަދު:          01 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           ޕަބްލިކް ސަރވިސް ރޭންކް 4  - ހަރުފަތް 1  

މަޤާމުގެ ކްލެސިފިކޭޝަން:    ޕްރޮސިކިއުޝަން ކޭސް އޮފިސަރސް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ރ. ގޮފި

މުސާރަ:                -/8,620 ރުފިޔާ

އެހެނިހެން އިނާޔަތް:

  1. މަޤާމުގެ އެލަވަންސް: 2,585/- ރުފިޔާ
  2. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް 70/- ރުފިޔާ
  3.  ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
  4. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަލަށް ހުށައަޅާ މައްސަލަތައް، ލިޔުންތައް ތަރުތީބުކޮށް ފޯލިއޯ ނަންބަރު ލިޔެ ފޯލްޑަރަށް ލުމާއި މައްސަލައިގައި ހިމެނޭ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުމާއި، ސަސްޕެކްޓް ޑީޓެއިލްސް އެޑްކުރުމާއި، މައްސަލަތައް ވަކީލުންނާ ހަވާލުކުރުމާއި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ އިތުރު އިދާރީ މަސައްކަތް ކުރުން.
  2. އަމުރު މައްސަލަތަކުގައި ނަންބަރުޖަހާއި ފޯލްޑަރއަށްލުމާއި، އަމުރު މައްސަލަތަކުގެ ރަޖިސްޓްރީއަށް ނެގުމާއި ވަކީލުންނާއި ހަވާލުކުރުން.
  3. ކޯޓް މައްސަލަތާކައި ގުޅޭ ގޮތުން ދަޢުވާ ލިބޭ މީހުންގެ މައްސަލަތަކުގެ އަޕްޑޭޓްސް ބެލުން.
  4. މައްސަލަތަކުގެ އަޑުއެހުންތަކާއި ގުޅިގެން ލިބޭ ކޯޓް އަމަރުތަކަށް ކޯޓު ހަމަޖެއްސުމާއި، ވަކީލުން ހަމަޖެއްސުމުގެ މަސައްކަތްކުރުން.
  5. މައްސަލަތަކާއި އަދި ސެކްޝަން މަސައްކަތްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ދަތުރުތަކުގެ މަސައްކަތްކުރުން.
  6. އައުމައްސަލަތަކަގައި ހިމެނޭ ބަންދު މީހުންގެ ލިސްޓް ތައްޔާރުކުރުން.
  7. ސެކްޝަނަށް ކުށުގެ ރެކޯޑް ބެލުމަށް ލިސްޓެއް އަތުވެއްޖެނަމަ، ކުށުގެ ރެކޯޑް ބަލައި އެކަމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  8. މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  9. ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  10. ޕްރޮސިކިއުޝަން ސަޕޯޓުގެ އެހެނިހެން މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  11. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސަރޓިފިކޭޓް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގުތައް:

ލޯ، ޝަރީޢާ އެންޑް ލޯ، އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ރެކޯޑްސް މެނޭޖްމަންޓް.

މަޤާމުގެ މަސައްކަތާ ގުޅޭ

ހިއުމަން ރިސޯސް ދާއިރާ / އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 މެއި 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

     2- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 މެއި 2026 – 12 ޖޫން 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  2. މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  3. ވަނަވަރު
  4. ދރއ. ކާޑުގެ ކޮޕީ
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

17 ޛުލްޤަޢިދާ 1447

4 މެއި 2026

04 މޭ 2026