ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317/317/2026/17
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:16
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑްޔޫސް ޕްލޭން އިސްލާހުކުރުމަށްފަހު އާއްމުކުރުން

ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އަދި ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭގޮތަށް، ބ.ދޮންފަނު ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން، ކުރީގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން 27 ނޮވެންބަރު 2023 ވަނަ ދުވަހު ފާސްކޮށްދެއްވާފައިވާ ލޭންޑް ޔޫސް ޕްލޭނު އަލުން އިސްލާޙުކުރުމަށްފަހު 23 އޭޕްރީލް 2026 ގައި ވަނީ ފާސްކުރެވިފައެވެ.

                       ވީމާ، ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭން މި އިޢުލާނާއި އެކު އާންމު ކޮށްފައިވާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މޭ 2026