ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)387/387/2026/13
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 10 މޭ 2026 00:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ކަނޑޫދޫ ސްކޫލަށް އިތުރުކޮށްފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިން ހޯދުން

              ތ.ކަނޑޫދޫ ސްކޫލުގެ އުތުރުން ސޯލާގެތަކާއި ސްކޫލާއި ދެމެދުގައިވާ ބިން ސްކޫލަށް އިތުރުކޮށްދިނުމަށް ކައުންސިލުން ނިންމާފައިވާތީ އެރުއްތަކުގެ ވެރިން ހޯދުމަށް ކުރެވުނު ކައުންސިލް ނަންބަރު (IUL)387/387/2025/46: އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރުއްގަހަށް ވެރިވެފައި ނުވާތީ އެސަރައްދުގައި ކައުންސިލުން  1 އިން 42 އަށް ކަޅު ކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް އާމުކޮށް އިއުލާނު ކުރަމެވެ.

 

              ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 10 މެއި 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 10 މެއި 2026 ވާ އާދިއްތަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލަން ނަގައި ކައުންސިލުން ނިންމާ ގޮތެއްގެމަތީން އަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

 

 

                           17 ޛުލްޤައިދާ 1447

04 މޭ 2026