މަސައްކަތް
ނަންބަރު: TCL/PROC-TA/2015/052
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 06 ޖަނަވަރީ 2016 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ތިލަފުށި ކޯޕަރޭޝަނުން ކ. ތިލަފުށި ވީ.އައި.ޕީ ހާބަރ ރިޕެއަރ ޕްރޮޖެކްޓްގެ ދަށުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަގުތަކެއް ލިބިފައިނުވާތީ، އިޢުލާން TCL/PROC-TA/2015/040 ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

  • ވީ.އައި.ޕީ ހާބަރުގެ އެއްގަމުތޮށީގެ ހަލާކުވެފައިވާ ގާތްގަނޑަކަށް 33 މީޓަރުގެ ސެކްޝަން މަރާމާތުކޮށް، ރޭނުން އަދި އެ ކީވޯލްގެ އެއްސެކްޝަނުގައި ޕްލާސްޓަރު އެޅުން.
  • ކޮމަރޝަލް ހާބަރުގެ ބޭރުތޮށީގެ ހަލާކުވެފައިވާ ކީވޯލްގެ ބައެއް މަރާމާތުކޮށް ރޭނުން.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަންފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

03 ދުވަސް (ރަސްމީ)

4 ޖަނަވަރީ 2016 އިން 06 ޖަނަވަރީ 2016 އަށް

09:00 އިން 15:00

ބީލަންފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

7 ޖަނަވަރީ 2016

10:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ އަދި ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

14 ޖަނަވަރީ 2016

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

20 ޖަނަވަރީ 2016

10:30 ގައި

  • ބީލަންފޮތުގެ އަގަކީ -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ.
  • ބީލަން ހުށަހަޅާއިރު މަދުވެގެން -/50,000ރ. (ފަންސާސް ހާސް ރުފިޔާ) ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތު މަދުވެގެން 60 (ފަސްދޮޅަސް) ދުވަހަށް ވާންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 60 (ފަސްދޮޅަސް) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަންފޮތުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016