ދިވެހިރާއްޖެ
ިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 06 މެއި 2026 އިން 12 މެއި 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 " ގައި ކުޅުންތެރިން ސީޑް ކުރުމާއި ބެހޭގޮތުން ހިމަނާފައިވާ 9 ވަނަ މާއްދާގައި ވާގޮތުގެމަތިން ސީޑު ކުރުމުގައި ބަލާނީ އެއްމެފަހުގެ ބައިނަލް އަޤްވާމީ ރޭންކިންގ އަށެވެ. ބައިނަލް އަޤްވާމީ ރޭންކިންގ ކުޅުންތެރިއެއް ނެތްނަމަ ދެންބަލާނީ އެންމެފަހުގެ ޤައުމީ ރޭންކިންގ އަށެވެ.
- ޕާޓިސިޕޭޝަން ފީ ނުދައްކާ ފަރާތްތަކުން ކޮންމެ އިވެންޓަކަށްވާ ފީ މުބާރާތް ފެށުމުގެ ކުރިން 7701172490001 Badminton Association ގެ އެކައުންޓަށް ޓްރާސްންފަރ ކުރުމަށްފަހު ސްލިޕް އީމެއިލް ކުރުން އެދެން. (ސްލިޕްގެ ރިމާކްސްގައި ކުޅުންތެރިޔާގެ ނަން އަދި އައިޑީ ކާޑު ނަމްބަރު ހިމެނުން އެދެން) [email protected]
ކުޅެވޭ ޝަޓްލް ބްރޭނޑް:
ހުރިހާ އުމުރުފުރާއެއް : ވިކްޓަރ އެންސީއެސް މެކްސް
އޯޕަން ކެޓަގަރީ: ފެލެޓް (ސްޕީޑް 77)
މުބާރާތުގެ ޑްރޯ މީޓިންގ:
- ޑްރޯ މީޓިންގ އޮންނާނީ 04 މެއި 2026 ވާ ހޯމަ ދުވަހުގެ ރޭ 20:30 (ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް)
މުބާރާތުގެ ރެފްރީ :އަލީ އަބްދުލް ކަރީމް ޑެޕިއުޓީ ރެފްރީ: ސިޔާދު ހަބީބް / އަހްމަދު ފިރާޤް
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.