ބީލަން
ނަންބަރު: (IUL)251-MS/251/2026/31
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2026
ޕަބްލިޝްކުރި ގަޑި: 19:03
ސުންގަޑި: 11 މޭ 2026 12:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢީދު ޝޯވ ބާއްވާ ސްޓޭޖުގެ ސައުންޑް އަދި ލައިޓިން އެޅުމުގެ މަސައްކަތް

ހއ. ދިއްދޫ ގައި 1447 ވަނަ އަހަރުގެ އަޟްޙާޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާތީ، ޢީދު ޝޯވ ބާއްވާ ސްޓޭޖުގެ ސައުންޑް އަދި ލައިޓިންގެ ސެޓްއަޕް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ސުންގަޑި

11 މޭ 2026 (ހޯމަ)

12:00

މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ފޮނުވަންވީ ސުންގަޑި

12 މޭ 2026 (އަންގާރަ)

12:00

އަންދާސީ ހިސާބު ހުށަހެޅުން

14 މޭ 2026 (ބުރާސްފަތި)

10:00

ބީލަން ރަޖިސްޓަރީ ކުރުމަށާއި މަޢުލޫމާތު ސާފުކުރުމަށް މެއިލް ފޮނުވާނީ  ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ މެއިލް [email protected]  އަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6500019 އަށެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

03 މޭ 2026