ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2026/72
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2026
ޕަބްލިޝްކުރި ގަޑި: 17:57
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަލްޓަންޕާކު މަރާމާތުކުރުމަށްޓަކައި މި ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރުން

ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް، 3 މެއި 2026 އިން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ސަލްޓަންޕާކު ސަރަޙައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި އިޢުލާންކުރަމެވެ. މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.

03 މޭ 2026