މަސައްކަތް
ނަންބަރު: TCL/PROC-TA/2015/048
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 11 ޖަނަވަރީ 2016 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތާރުއެޅި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގު ހަދައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ތިލަފުށި ކޯޕަރޭޝަނުން ކ. ތިލަފުށީގެ، ތިލަފުށި 1 އަދި ޓީ.އައި.ޒެޑް ގުޅުވައިދިނުމަށް މިހާރު ހެދިފައިވާ ކޯސްވޭގައި، އެކްސެސް ރޯޑް ޕްރޮޖެކްޓްގެ ދަށުން ތާރުއެޅި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އެކްސެސް ރޯޑް ޕްރޮޖެކްޓްގެ ދަށުން މިމަގު ޑިޒައިންކޮށް މަގު ހެދުމަށް ޝައުޤުވެރިވެލައްވާ، މިކަމުގެ ފަންނީ އަދި ޢިލްމީ ތަޖުރިބާހުރި ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަންފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

06 ދުވަސް (ރަސްމީ)

4 ޖަނަވަރީ 2016 އިން 11 ޖަނަވަރީ 2016 އަށް

09:00 އިން 15:00

ބީލަންފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

13 ޖަނަވަރީ 2016

10:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑްއޮފީސް

ހޯމަ

18 ޖަނަވަރީ 2016

10:30 ގައި

ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

19 ޖަނަވަރީ 2016

ފަހުން ހަމާކުރެވޭނެއެވެ.

ބިޑް ހުށަހެޅުން އަދި ޓެކްނިކަލް ޕްރޮޕޯޒަލް ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

27 ޖަނަވަރީ 2016

10:30 ގައި

ޓެކްނިކަލީ ގޮތުން ގާބިލު ފަރާތްތަކުގެ ކޮމާޝިއަލް ޕްރޮޕޯޒަލް ހުޅުވުން އޮންނާނެ ތަނަކާއި، ތާރީޚު އަދި ގަޑި އެފަރާތްތަކަށް އެންގޭނެއެވެ. އަދި ގާބިލު ނޫން ފަރާތްތަކުގެ ކޮމާޝިއަލް ޕްރޮޕޯޒަލް ނުހުޅުވައި ހަވާލުކުރެވޭނެއެވެ.

  • ބީލަންފޮތުގެ އަގަކީ -/1542 ރުފިޔާ (އެއްހާސް ފަސްސަތޭކަ ސާޅީސް ދެ ރުފިޔާ) ނުވަތަ 100.00$ (ސަތޭކަ ޔޫއެސް ޑޮލަރު) އެވެ. މި ފައިސާއަކީ ރިފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ.
  • ބީލަން ހުށަހަޅާއިރު މަދުވެގެން -/300,690ރ. (ތިން ލައްކަ ހަސަތޭކަ ނުވަދިހަ ރުފިޔާ) ނުވަތަ 19،500.00$ (ނަވާރަ ހާސް ފަސްސަތޭކަ ޔޫއެސް ޑޮލަރު) ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތަކީ މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މިބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޓެކްނިކަލް ޕްރޮޕޯޒަލް އަދި ކޮމާޝިއަލް ޕްރޮޕޯޒަލްގެ ގޮތުގައި ހުށަހަޅުއްވައި ޕްރޮޕޯޒަލްތައް އޮންނަންވާނީ ބަންދުކުރެވިފައިވާ ވަކި ދެ ސިޓީއުރައަށް ލުމަށްފަހު ބަންދުކޮށް، ސީލް ޖެއްސުމަށްފަހު ބަންދުކުރެވިފައިވާ އެއްސިޓީއުރައިގެ ތެރޭގައެވެ. އަދި ކޮންމެ ޕްރޮޕޯސަލެއްގެ އަސްލަކާއި ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016