މަސައްކަތް
ނަންބަރު: (IUL)434-PRC/434/2026/41
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2026
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 17 މޭ 2026 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ދަށުން މާލެ ސަރަހައްދުގައި ހިންގަމުންގެންދާ އޮފީސް އިމާރާތްތަކުގައި ބޭނުންކުރަމުންގެންދާ އެއަރ ކޮންޑިޝަންތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ސަރވިސް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ދަށުން މާލެ ސަރަހައްދުގައި ހިންގަމުންގެންދާ އޮފީސް އިމާރާތްތަކުގައި ބޭނުންކުރަމުންގެންދާ އެއަރ ކޮންޑިޝަންތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ސަރވިސް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް 03 މެއި 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 16 މެއި 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށާއި އަދި އަންދާސީ ހިސާބު ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތު ސާފު ކުރެއްވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ. މި މަޢުލޫމާތު ސެޝަންތަކުގައި ބައިވެރިނުވިނަމަވެސް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން 1 / ހާފްވޭހައުސް

10 މެއި 2026 (އާދީއްތަ)

10:00 (މެންދުރުކުރި)

ހާފްވޭހައުސް / ކުރިކީލަމަގު / ފޭސް 1 / ހުޅުމާލެ

މަޢުލޫމާތު ދިނުމުގެ ސެޝަން 2 / ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް

11 މެއި 2026 (ހޯމަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

މަޢުލޫމާތު ދިނުމުގެ ސެޝަން 3 / ގ. ގްރީންގެ

12 މެއި 2026 (އަންގާރަ)

10:00 (މެންދުރުކުރި)

ގ. ގްރީންގެ / އަލިކިލެގެފާނުމަގު / މާލެ)

އަންދާސީ ހިސާބު ހުށަހެޅުއްވުން

17 މެއި 2026

(އާދީއްތަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

03 މޭ 2026