ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/082
ޕަބްލިޝްކުރި ތާރީޚް: 01 މޭ 2026
ޕަބްލިޝްކުރި ގަޑި: 18:34
ސުންގަޑި: 06 މޭ 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/082

 

 

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

ބައުޒަރ އެސިސްޓަންޓް )ޏ.ފުވައްމުލައް(

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

02

މަސައްކަތުގެ ބާވަތް:

 

-          އެއްގަމު އަދި ކަނޑު އުޅަނދުތައް ރީފިލް ކުރުމަށް ޑްރައިވަރަށް އެހީތެރިވުން

-          ކަސްޓަމަރުންނާ މުޢާމަލާތްކުރުން

-          ތެޔޮ ދޫކުރުމާއި އިންލޭންޑް ޑެލިވަރީ ދޫކުރުން

-          އުޅަނދުފަހަރުގެ އަސާސީ ބެލެހެއްޓުމަށް ޑްރައިވަރަށް އެހީތެރިވުން

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

10,000ރ އާއި 11,000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން )ޏ.ފުވައްމުލައް(

 

މަޤާމް:

ބައުޒަރ ޑްރައިވަރ )ޏ.ފުވައްމުލައް(

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

 

-          ކަނޑައެޅިފައިވާ ތަންތަނަށް ފިއުލް ގެންދިއުމަށް ފިއުލް ބައުސަރެއް ހިންގުން

-          ބައުސަރ ދުއްވުމާއި އޮޕަރޭޓްކުރާއިރު ސަލާމަތީ ގައިޑްލައިންތަކާއި ގަވާއިދުތަކަށް އަމަލުކުރުން

-          ކޮންމެ ދުވަހަކު ޕްރީ ޓްރިޕް އިންސްޕެކްޝަންތައް ބައުސަރުގައި ކުރުމާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން

-          ޑިސްޓްރިބިއުޝަން ސެންޓަރުން ބައުސަރަށް ފިއުލް ލޯޑްކޮށް، ކަނޑައެޅިފައިވާ ލޮކްޝަންތަކުގައި ފިއުލް އަންލޯޑް ކުރުން

-          ފިއުލް ޑެލިވަރީ ކުރުމުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، ހުރިހާ ކަރުދާސްތަކެއް ރަނގަޅަށް ނިންމާފައިވާކަން ކަށަވަރުކުރުން

-          ޑިސްޕެޗަރުންނާއި ސުޕަވައިޒަރުންނާއި އެހެނިހެން ޑްރައިވަރުންނާ މުއާމަލާތްކޮށް ރޫޓްތަކާއި ޑެލިވަރީ ޝެޑިއުލްތައް ކޯޑިނޭޓްކުރުން

-          ބައުސަރު އޮޕަރޭޓްކުރާއިރު ޓްރެފިކްގެ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން

-          ބައުސަރުގެ ސާފުތާހިރުކަމާއި ޖުމްލަ ސިފަ ބެލެހެއްޓުން

ޝަރުތުތައް:

-         ޑްރައިވިންގް ދާއިރާއިން 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން 

-         ސީ2، ސީ0 ނުވަތަ ޑީ0 ކެޓަގަރީ ވެހިކަލަސް ދުއްވުމުގެ ލައިސެންސް އޮތް މީހަކުކަމުގައި ވުން

-         ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

13,500ރ އާއި 14,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން )ޏ.ފުވައްމުލައް(

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 06 މެއި 2026 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

30 އޭޕްރިލް 2026

 

01 މޭ 2026