ނޫސްބަޔާން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:24
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން އީ.އައި.އޭ ރިޕޯޓާ ޚިލާފަށް މަސައްކަތްކުރުން

މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން އީ.އައި.އޭ ރިޕޯޓާ ޚިލާފަށް މަސައްކަތްކުރުން

މިހާރަކަށް އައިސް ވަރަށް ގިނަ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން، މަޝްރޫޢުތަކާ ގުޅިގެން ހެދިފައި ހުންނަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީ.އައި.އޭ ރިޕޯޓު) އާ ޚިލާފަށް އަދި ހަވާލުކުރެވިފައިވާ މަސައްކަތުގެ ބޭރުން ތިމާވެށްޓަށް ގެއްލުންވާ ފަދަ އެކިއެކި މަސައްކަތްތައް ކުރަމުންދާކަން މި އޭޖެންސީއަށް ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން އެކި ފަރާތްތަކުގެ އެދުމުގެ މަތީން ރަށްރަށުގައި ކުނި ވަޅުލައިދިނުމާއި، ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި، ފަޅު ފުންކޮށްދިނުމާއި ހިއްކައިދިނުން ފަދަ ތިމާވެށްޓަށް އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ފޯރާ ފަދަ އެކިއެކި މަސައްކަތްތައް ކޮންޓްރެކްޓަރުން ކުރަމުންދެއެވެ. މިކަންކަމުގެ ޒިންމާ ކޮންޓްރެކްޓަރުންނާއި ރަށްރަށުގައި މަޝްރޫޢުތައް ހިންގުން ހަވާލުކުރާ އެދިޔާރުން ނަގަންޖެހޭނެއެވެ. ވީމާ، މަޝްރޫޢުތައް ހިންގާ ފަރާތްތަކުން (އެދިޔާރުން) އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްކުރަން ހަވާލުކޮށްފައވާ ކޮންޓްރެކްޓަރުން މަސައްކަތްކުރަމުން ދަނީ  އީ.އައި.އޭ ރިޕޯޓާ އެއްގޮތަކަން ޔަގީންކުރުމަށް އިލްތިމާސް ކުރަމެވެ. އަދި، އީ.އައި.އޭ ރިޕޯޓާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު މިއޭޖެންސީއިން އެންމެ ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.                          

5 ރަބީޢުލްއައްވަލް 1437

16 ޑިސެންބަރު 2015