ކުއްޔަށް ހިފުން
ނަންބަރު: GS68/2015/25
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 04 ޖަނަވަރީ 2016 13:30
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލަށް ގެއެއް (ފަރުނީޗަރާއެކު) 2016 ވަނަ އަހަރަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 4 ވާ ހޯމަ ދުވަހުގެ 13:30 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހު 13:30 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އަގު ހުށަހެޅުއްވުމަށްޓަކައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

20 ރަބީޢުލްއައްވަލު 1437

31 ޑިސެންބަރު 2015