ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2026/0083
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި:
31 މޭ 2026 23:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ފަސްކުރުން
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގަވާއިދު ނަންބަރު: 2019/R-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) ގެ 19 ވަނަ މާއްދާގެ (ހ) އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގެ 77 ވަނަ މާއްދާގެ (a) ގައި ބަޔާންކުރާގޮތުން، އަހަރީ ޢާންމު ޖަލްސާ، މާލީ އަހަރުނިމޭތާ 05 (ފަހެއް) މަހުގެ ތެރޭގައި ބާއްވަންޖެހެއެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ އޮޑިޓުކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ނިންމުމުގައި ލަސްތަކެއް ދިމާވެފައިވާތީ، މި މުއްދަތުގައި ޖަލްސާ ބޭއްވެންނެތުމުން އެކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމަވެ.
މި ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވާނެ ތާރީޚު، ވީ އެންމެ އަވަސް ފުރުޞަތެއްގައި އިޢުލާންކުރާނެ ވާހަކަ ދަންނަވަމެވެ.
30 އޭޕްރިލް 2026