ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް 5 (ފަހެއް) މޮޓޯރ ސައިކަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުންބުޓި ޕޯޓަލްގެ ބިޑް ރެޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވެލައްވާ:
ލިންކް: https://kunbuti.gov.mv/services/Procurement
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް [email protected] |
11 މެއި 2026 (ހޯމަ) |
10:30 |
|
ރަޖިސްޓަރ ވުމުގެ ސުންގަޑި |
12 މެއި 2026 (އަންގާރަ) |
10:30 |
|
އަންދާސީ ހިސާބު ހުށަހެޅުން |
13 މެއި 2026 (ބުދަ) |
10:30 |
|
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ |
||
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ. |
||
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން 30 އޭޕްރިލް 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/523