ކުއްޔަށް ހިފުން
ނަންބަރު: PRC-MPL/IUL/2026/69
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 07 މޭ 2026 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކ. ވިލިމާލެއިން އިން އިމާރާތެއް ކުއްޔަށް ހިފުމަށް އަލުން ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1- ބީލަމާއި ބެހޭ މަޢުލޫމާތު: 

މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކ. ވިލިމާލެއިން އިމާރާތެއް ކުއްޔަށްހިފުމަށް ކޮށްފައިވާ އިޢުލާން ނަންބަރު: PRC-MPL/IUL/2026/50 ( 14 މާރިޗު 2026) އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ މި ދެންނެވި އިޢުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް، "ބީލަމަށް އަގުހުށަހަޅާ ފޯމް" އާއެކު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން:

ތާރީޚް:

07 މެއި 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

2- ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 06 މެއި 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]

 

30 އޭޕްރިލް 2026