ދިވެހިރާއްޖެ
ނަންބަރު: 258/258/2026/25(IUL)
އިޢުލާން
ހދ. ހަނިމާދޫ އަދި ހދ. ހިރިމަރަދޫ ރައްޔިތުންގެ މެދުގައި ސާރވޭއެއް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ހދ. ހަނިމާދޫ އަދި ހދ. ހިރިމަރަދޫ ރައްޔިތުންގެ މެދުގައި ސާރވޭއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ސާރވޭގެ ބޭނުމަކީ ހަނިމާދޫ ރައްޔިތުން އަދި ހިރިމަރަދޫ ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށާއި އަލަށް އިންތިޚާބުވި ކައުންސިލުން އެ ރައްޔިތުންނަށް ކޮށްދެވޭނެ ކަންކަމާއި، ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށް އަދި ރައްޔިތުންގެ ޙާލަތު ވަޒަންކުރުމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ލިންކް: https://forms.cloud.microsoft/r/a318fwKWB8
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
30 އޭޕްރީލް 2026 އިން 01 މޭ 2026 ގެ ނިޔަލަށް |
11 މޭ 2026 (ހޯމަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
18 މޭ 2026 |
ހެނދުނު 11:30 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
- ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
12 ޛުލްޤައިދާ 1447
29 އޭޕްރީލް 2026