ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2026/28
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 07 މޭ 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ޝޯ ދޭނެ ފަރާތެއް ހޯދުމަށް

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު މިރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، ޢީދު ޝޯ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން، މިރަށުގައި ޢީދު ޝޯ ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ޢީދު ޝޯ ދިނުމަށް ރަށަށް އަންނަ ޓީމްގެ ބައިވެރިންގެ ޓިކެޓާއި، ހުރުމާއި ކެއުމުގެ ޚަރަދު ކައުންސިލުން ހަމަޖައްސައި ދޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢްލޫމާތު ކަރުދާސް

މަސައްކަތް

އަޟްޙާ ޢީދު ޝޯ ދިނުން

ބީލަން ހުށަހެޅުމާއި ރަޖިސްޓްރީކުރުން

ފުރިހަމަ ކޮށްފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯރމް" މި އިދާރާގެ ކައުންޓަރަށް ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް އަށް މެއިލް ކުރުމުން އެފަރާތެއް ރަޖިސްޓްރީ ކުރެވޭނެއެވެ.

މުއްދަތު: 2026 އެޕްރީލް29 ން 2026 މޭ 07 ގެ ނިޔަލަށް

 

މަޢުލޫމާތު ސާފުކުރުމަށް ލިޔުންތައް ފޮނުވަންވީ އެޑްރެސް:

 

އޮފީސް: ދ.މީދޫ ކައުންސިލް އިދާރާ، އަމީނީމަގު، ދ.މީދޫ

ގުޅޭނެ ނަންބަރު:  6760042

އީމެއިލް އެޑްރެސް: [email protected]

އަގު ހުށަހަޅަންވީގޮތް:

ފުރިހަމަ ކޮށްފައިވާ ބީލަން ފޯމު.

މަސައްކަތުގެ މުއްދަތު:

01 ދުވަސް

ބީލަން ހުށަހެޅުމާއި ހުޅުވުން:

07 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ.މީދޫ ކައުންސިލް އިދާރާގައި

ބީލަން ވަޒަން ކުރުން:

ހުށަހެޅި އެންމެ ހެޔޮ އަގު × 100

 

 

29 އޭޕްރިލް 2026