ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިނގަމުންދާ ދަރުބާރުގެ ފާށަނާ މާލަން، ހަކުރާ މާލަން އަދި ބިއްލޫރި މާލަން، ގޯޑައުން އިމާރާތް އަދި ސާފުރާއްޖެ އިމާރާތުގެ 4 އަދި 5 ވަނަ ފަންގިފިލާގައި ހަރުކުރެވިފައި ހުރި އެއަރކޯން ސިސްޓަމް 01 އަހަރު ދުވަހުގެ މުއްދަތަށް ސާވިސްކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ (ޓާރމްސް އޮފް ރެފަރެންސް/ މައުލޫމާތު ޝީޓު/ބީލަން ފޮތް) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ މައުލޫމާތު ޝީޓު މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mvއިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ޕްރީބިޑް ބައްދަލުވުން
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 3 މެއި 2026 ވާ އާދީއްތަ ދުވަހު 10:00ގައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގައެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 11 މެއި 2026 ވާ ހޯމަ ދުވަހު 10:00ގެ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ދަރުބާރުގެ، ފާށަނާ މާލަމުގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 11 މެއި 2026 ވާ ހޯމަ ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 05 މެއި 2026 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
"11 މެއި 2026 ގެ ކުރިން 10:05 ގެ ކުރިން ބީލަން ނުހުޅުވާށެވެ. – " މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގަމުންދާ ދަރުބާރުގެ ފާށަނާ މާލަން، ހަކުރާ މާލަން އަދި ބިއްލޫރި މާލަން، ގޯޑައުން އިމާރާތް އަދި ސާފުރާއްޖެ އިމާރާތުގެ 4 އަދި 5 ވަނަ ފަންގިފިލާގައި ހަރުކުރެވިފައި ހުރި އެއަރކޯން ސިސްޓަމް 01 އަހަރު ދުވަހުގެ މުއްދަތަށް ސާވިސްކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުމަށް. (IUL)1139-ADMIN/438/2026/1" (ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް،
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ފާށަނާ މާލަން، ދަރުބާރުގެ، އަމީނީމަގު، ހެންވޭރު، މާލެ، 20344، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.