ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TCL/PROC-TA/2015/047
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 05 ޖަނަވަރީ 2016 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕީޑް ބޯޓް، އިންޖީނާއެކު ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި ކުންފުންޏަށް ތިރީގައި ތަފުސީލު ކުރެވިފައިވާ ސްޕީޑް ބޯޓް އިންޖީނާއެކު ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ދިގުމިން

އަދަދު

ތަފުސީލު

#

ދިގުމިނުގައި 5.48 މީޓަރާއި 6.25 މީޓަރާ ދެމެދުގެ (18 ފޫޓާއި 20 ފޫޓާ ދެމެދުގެ)

1

ސްޕީޑް ބޯޓް،  4 ސްޓްރޯކް އައުޓްބޯޑް (60 ހޯސަޕަވަރ) އިންޖީނަކާއެކު

1

 

ވިމާ، މަތީގައި ތަފުސީލުކުރެވިފައިވާ ސްޕީޑް ބޯޓް އިންޖީނާއެކު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުން

ޓީސީއެލް ހެޑް އޮފީސް

3 ދުވަސް (ރަސްމީ)

3 ޖަނަވަރީ 2016 އިން 05 ޖަނަވަރީ  2016 އަށް

10:00 އިން 15:00 އަށް

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

6 ޖަނަވަރީ 2016

10:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑް އޮފީސް

ހޯމަ

11 ޖަނަވަރީ 2016

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

17 ޖަނަވަރީ 2016

10:30 ގައި

  • ބީލަން ހުށަހަޅާއިރު މަދުވެގެން -/10,000ރ. (ދިހަ ހާސް ރުފިޔާ)ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތަކީ 90 ދުވަހެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

31 ޑިސެންބަރު 2015