ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)503-AS/1/2026/11
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 19:34
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފިޔަވަޅުއެޅުމުގެ މިންގަނޑު" އާންމުކުރުމާ ގުޅޭ
ގަވާއިދު ނަންބަރު: 26-އާރ/2026 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު) މިއަދު 28 އޭޕްރީލް 2026 ވަނަ ދުވަހު ވަނީ ގެޒެޓްކުރެވިފައެވެ.
މި އިޢުލާނާއެކު ޢާންމުކުރާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފިޔަވަޅުއެޅުމުގެ މިންގަނޑު" އަކީ، ގަވާއިދު ނަންބަރު 2026/R-26 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު" ގެ 19 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އެކުލަވާލެވިފައިވާ މިންގަނޑެކެވެ.
ވީމާ، މިކަން އެންމެހައި މީޑިއާތަކާއި، ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި އިޢުލާނުކުރީމެވެ.
28 އޭޕްރިލް 2026