ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2026/31
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 12 މޭ 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކައުންސިލާ ގުޅިގެން ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

 

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކައުންސިލާ ގުޅިގެން ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

             

              1447 ވަނަ އަހަރުގެ އަޟްޙާ ޢީދު މި ރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، މި ކައުންސިލާ ގުޅިގެން ޢީދުގެ ހަރަކާތްތައް ރާވައި ހިންގުމަށް ޝައުގުވެރިވާ އޭދަފުށީގެ ކްލަބް ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

             މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ބަލާނީ، ހަރަކާތްތަކުގެ މުއްސަނދިކަމަށާއި، ރަށުގެ އިޖުތިމާއީ ރޫހު އާލާކުރެވޭނެ މިންވަރަށެވެ. އީދު ހިންގުމުގެ ފުރުސަތު ދެވޭނީ ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކައުންސިލުން ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި

12 މެއި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ

   ފޯން: 6608303

އީމެއިލް: [email protected]

 

10 ޛުލްޤައިދާ  1447

28 އޭޕްރިލް  

28 އޭޕްރިލް 2026