ބީލަން
ނަންބަރު: (IUL)388-PLN/388/2026/43
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 07 މޭ 2026 12:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ޖޫން މަހު 1 ވަނަ ދުވަހުން ފެށިގެން 1 އަހަރު ދުވަހަށް ވަންދޫ ކުނިކޮށި ބެލެހެއްޓުމާއި ގޭގެއިން ކުނި އުކައިދިނުމުގެ މަސައްކަތާއި ގުޅޭ

 

          2026ވަނަ އަހަރު ޖޫން މަހު 1 ވަނަ ދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ ނިޔަލަށް ވަންދޫ ކުނިކޮށި ބެލެހެއްޓުމާއި ގޭގެއިން ކުނި އުކައިދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މަޢުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަން ބިޑްހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.   

           މިމަސައްކަތުގެ މައުލޫމާތު ހިމެނޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން )މުއްދަތު ހަމަނުވާ( ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 07 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ބައްދަލްވުމާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

 މަޢުލޫމާތު ބައްދަލްވުން

 ތ.ވަންދޫ ކައުންސިލް  އިދާރާ

 10 މެއި 2026

 އާދީއްތަ

 10:30

 ބިޑް ހުށަހެޅުން

 ތ.ވަންދޫ ކައުންސިލް  އިދާރާ

 12 މެއި 2026

 އަންގާރަ

 10:30

 

          މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ނުވަތަ 6780762 ފޯނާގުޅުއްވުންއެދެމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                                      

                          28 އޭޕްރީލް 2026

          

28 އޭޕްރިލް 2026