މަސައްކަތް
ނަންބަރު: (IUL)384/384/2026/23
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި:
03 މޭ 2026 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޟްޙާ ޢީދުގެ ހަރަކާތްތަކުގެ މީޑިއާ ކަވަރޭޖް އަދި ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި އިދާރާއިން ދޭ އިރުޝާދާ އެއްގޮތަށް އަޟްޙާ ޢީދު ހަރަކާތްތަކުގެ ލައިވް ކަވަރޭޖް، ސޯޝަލް މީޑިއާ ޕޯސްޓް ތައްޔާރުކުރުން އަދި ހަރަކާތްތަށް ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 3 މެއި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް އަގު ހުށައެޅުވުން އެދެމެވެ. އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތް ތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަސައްކަތާ ގުޅިގެން މަޢުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެވޭނެއެވެ. މި މަސައްކަތް އެވޯޑް ކުރުމުގައި ބަލާނީ އެންމެ ދަށުން އަގު ހުށައަޅާ ފަރާތަކަށެވެ.
28 އޭޕްރިލް 2026