ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލްގެ ދަރިވަރުން ބޭނުންކުރަން އަލަށް ހަދާ ފާޚާނާ ބަރީގެ ނުނިމިހުރި މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.) ޕްރޮޖެކްޓް ނަމްބަރ: (GS124-970/2026/5)
މިސްކޫލުގެ ނަމްބަރ: (GS124-970/IUL/2026/08)، ( 08 އޭޕްރީލް 2026 ) އިޢުލާނަށް އިޖާބަދީ އެއްފަރާތުން ބިޑު ހުށަހަޅާފައިވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 05 މެއި 2026 ވަނަ ދުވަހުގެ 12:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރުމަށްފަހު [email protected] މެއިލް އަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮށްނާނީ 07 މެއި 2026 ވާ ބްރާސްފަތި ދުވަހުގެ 11:00 ގައި އިނގުރައިދޫ ސްކޫލް އޮފީހުގައެވެ.
އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 12 މެއި 2026 ވާ އަންގާރަ ދުވަހުގެ 11:00ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި އިނގުރައިދޫ ސްކޫލްގައެވެ. ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިޕްރޮޖެކްޓާގުޅޭ ބިޑް ރަޖިސްޓްރީ ފޯމް، މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.