ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2026/ 119
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 05 މޭ 2026 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެސިސްޓެންޓް އިލެކްޓްރީޝަން

މަޤާމް :ސީނިއަރ އެސިސްޓެންޓް އިލެކްޓްރީޝަން
ބޭނުންވާ އަދަދު :2

އިޢުލާނު

 

މަޤާމު:

ސީނިއަރ އެސިސްޓެންޓް އިލެކްޓްރީޝަން

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަގާމުގެ ނަންބަރު

449033 ޖޭ، 449032 ޖޭ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 4 -ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް / އޮޕަރޭޝަނަލް ސަރވިސް ޑިޕާޓްމަންޓް، އިންޖިނިއަރިންގ ޑިވިޜަން، އިންޖިނިއަރިންގ ސެކްޝަން، އިލެކްޓްރިކަލް އިންޖިނިއަރިންގ ޔުނިޓް/ މާލެ

މަގާމުގެ އަސާސީ މުސާރަ:

-/9735 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް:

-/2920 ރުފިޔާ (މަހަކު)

ޙާޟިރީ އިނާޔަތް

-/80 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިއުޓީގައި ވޯޑުތަކާއި ހޮސްޕިޓަލުގެ އެހެނިހެން ސަރަޙައްދުތަކުގައި ދިމާވާ އިލެކްޓްރިކަލް އަދި މެކޭނިކަލް މައްސަލަތައް ޙައްލުކޮށް ލޮގުފޮތުގާ ނޯޓްކުރުން. ޙައްލުނުކުރެވޭ މައްސަލައެއްނަމަ ސްޕަވައިޒަރުން ނުވަތަ އިންޖިނިއަރއާ ގުޅައިގެން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
  2. ވޯރޑްތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ލޯންޑްރީގެ ބައޯހަޒާޑް މެޝިންތަކާއި، ލެބޯޓަރީގެ އިލެކްޓްރިކަލް އިކްއުޕްމަންޓްތަކާއި، އެމްއޯޓީގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިކުޕްމަންޓްތައް، އަދި އައިސޮލޭޝަން ވޯރޑްފަދަ ތަންތަނުގެ އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތްތައް އިންޖިނިއަރ ނުވަތަ ސްޕަވައިޒަރ ކަނޑައަޅާ ސީނިއަރ މީހެއްގެ ދަށުން ކޮށް ނިންމުމާއެކު މަސައްކަތް ނިމުނު ގޮތުގެ ތަފްޞީލް ސްޕަވައިޒަރުންނަށް އެންގުން.
  3. އޮކްސިޖަން ޕެނަލްތަކާއި، ޕަންޕުރޫމުގެ ޕަންޕުތަކާއި، އޭސީ ޕްލާންޓް، އަދި ޖެނެރޭޓަރާއި އިލެކްޓްރިކަލް ޕެނަލްތައް ގަވައިދުން ޗެކްކޮށް މައްސަލައެއް ވާނަމަ އެކަން ސުޕވައިޒަރުގެ އިރުޝާދުގެ ދަށުން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  4. ޑިއުޓީގައި ވޯޑުތަކާއި ހޮސްޕިޓަލުގެ އެހެނިހެން ސަރަޙައްދުތަކުގައި ދިމާވާ އިލެކްޓްރިކަލް އަދި މެކޭނިކަލް މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ޙައްލުކޮށް ލޮގުކުރުން.
  5. ޕްރެވެންޓިން މެއިންޓެނަންސް ޝެޑިއުލްއާއި އެއްގޮތަށް އެމަސައްކަތް ކުރުން.
  6. ހޮސްޕިޓަލުގެ އިލެކްޓްރިކް ނެޓްވާރކްއަށް ދިމާވާ މައްސަލަތައް ބަލާ ޙައްލުކުރުން.
  7. މަސައްކަތުގެ ދާއިރާގައި ގެންގުޅޭ ޓޫލްސް އާއި އެނޫން އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. ފަޔަރ އެލާމް ސިސްޓަމްތައް ގަވައިދުން ޗެކްކޮށް ބެލެހެއްޓުމާއި ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ފަޔަރ އެލާމް ސިސްޓަމްތައް ހުރީ ސޭފްޓީ ޤަވާއިދުތަކާއި މިންގަޑުތަކަށް ފެތޭގޮތަށްތޯ ޗެކްކޮށް ބެލެހެއްޓުން. އަދި އަލިފާނުގެ ހާދިސާއެއް ހިނގުމުން ލަސްނުކޮށް އަންގަން ޖެހޭ ފަރާތަތަކަށް އަންގާ ބަލިމީހުންނާއި މުވައްޒަފުން ސަލާމަތްކުރުމަށް މަސައްކަތް ކުރުން.
  9. ޑިއުޓީގައި ގަޑިއަކު އެއްފަހަރު ބަލަންޖެހޭ އޮކްސިޖަން ޕެނަލްތަކާއި ، ޕަންޕުރޫމުގެ ޕަންޕުތަކާއި ، އޭސީ ޕްލާންޓް ، އަދި ޖެނެރޭޓަރާއި އިލެކްޓްރިކަލް ޕެނަލްތައް ޗެކްކޮށް އޭގެ ލޮގް ބަލާ ލޮގުޝީޓްގައި ނޯޓްކޮށް މިފަދަ އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން ސްޕަވައިޒަރުންނަށާއި އިންޖިނިއަރަށް އެންވުމާއެކު މަސައްކަތް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  10. އިންޖިިނިއަރިން ސެކްޝަނުގެ އިންޖިނިއަރ ނުވަތަ ސްޕަވައިޒަރ ކަނޑައަޅާ ސީނިއަރ މީހެއްގެ ދަށުން ޙަވާލުކުރާ މަސައްކަތް ކޮށް ނިންމުމާއެކު މަސައްކަތް ނިމުނު ގޮތުގެ ތަފްޞީލް ސްޕަވައިޒަރުންނަށް އެންގުން.

މަޤާމުގެ ޝަރުޠުތައް:

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަގާމުގެ ތައުލީމީ ރޮނގުތައް:

  1. އޮޓޮމޯޓިވް އިންޖިނިއަރިންގ  
  2. އޮޓޮމޯޓިވް ޓެކްނޯލޮޖީ  
  3. ސިވިލް އިންޖިނިއަރިންގ  
  4. އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ  
  5. އިލެކްޓްރިކަލް އިންޖިނިއަރިންގ  
  6. އިލެކްޓްރިކަލް އިންސްޓަލޭޝަން  
  7. އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް  
  8. އިލެކްޓްރީޝަން  
  9. އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން  
  10. އިންޖިން ރިޕެއަރ އެންޑް މެއިންޓަނަންސް  
  11. މެޝީނިންގ އެންޑް މެކޭނިކަލް ފިޓިންގްސް  
  12. މެރިން އިންޖީނިއަރިންގ  
  13. މެރީން މެކޭނިކްސް  
  14. މެކޭނިކަލް އިންޖިނިއަރިންގ  
  15. ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ  
  16. ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކްސް  
  17. ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން  
  18. ވުޑަން އެންޑް ފައިބަރގްލާސް ބޯޓް ބިލްޑިންގ 

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

-

މަގާމުގެ ކޯ ޑިސިޕްލިން:

-

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

އިލެކްޓްރިކަލް މަސައްކަތްތަކާއި މެކޭނިކަލް މަސައްކަތްތައް

(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޖީ.އެސް.3 އަދި ޖީ.އެސް. 4 ގެ އޮފިސަރ ކްލެސިފިކޭޝަންގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މޭ 2026 ވާ  އަންގާރަ  ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ،  06 މޭ 2026 ން 04 ޖޫން 2026 އާ ދެމެދު އެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

11 ޛުލްގައިދާ 1447

28 އޭޕްރީލް 2026

28 އޭޕްރިލް 2026