ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2026/135
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 03 މޭ 2026 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ލޯންޗް ފަޅުވެރި / ކ.ކާށިދޫގައި އޮންނަ ސީ އެމްބިއުލަންސް

ކ.ކާށިދޫގައި އޮންނަ ސީ އެމްބިއުލަންސްގެ ފަޅުވެރި މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއެވެ.

މަގާމު:

ލޯންޗް ފަޅުވެރި ގްރޭޑް 2  (ކ.ކާށިދޫގައި އޮންނަ ސީ އެމްބިއުލަންސް)

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު: 9,010.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު: 3,105.00 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސީ-އެމްބިއުލަންސް އޮޕަރޭޝަންސް އެލަވަންސްގެ ގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި  ދުވަހަކަށް 50.00 ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 75.00 ރުފިޔާ ލިބޭނެއެވެ.

ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި، މަސައްކަތުގެ ތަޖުރިބާ

1- ގްރޭޑް 7 ނިންމާފައިވުމާއެކު މަސައްކަތުގެ ދާއިރާއިން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ،

2- ލިޔަން ކިޔަން އެނގުމާއެކު މަގާމުގެ މަސައްކަތު ދާއިރާއިން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1- އުޅަނދުގެ ދަތުރުކުރާއިރުގައާއި ފަޅުގައި އަޅާފައި އޮންނައިރު ލޯންޗް ބެލެހެއްޓުން.

2- ކޮންމެ ދަތުރެއް ނިމުމުން އުޅަނދުގައި ފެންފޮތިލާ ފޮހެ ސާފުކުރުން.

3- ޑްރައިވަރު އަންގާގޮތެއްގެ މަތިން އުޅަނދުގެ އެންމެހާ މަސައްކަތްތައް ކުރުން.

4- ޑްރައިވަރު އަންގާގޮތެއްގެ މަތިން އުޅަނދުގެ ފެހި ބޯވިޔަނުދީ ފެހިކެހުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 މޭ 3 ވާ އާދީއްތަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

05 ޛުލްޤަޢިދާ 1447

 

23 އޭޕްރިލް 2026