ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު IUL)260/260/2015/120) އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ނައިވާދޫ ސްކޫލުގައި ގަބުރު ހުރި ސަރަޙައްދު ކޮނެ ސާފުކުރުމުގެ މަސައްކަތް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެއްލައްވާ ފަރާތްތަކުން 05 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް ނައިވާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ރަބީޢުލްއައްވަލް 1437