ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2026/23
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:22
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
03 މަސް ދުވަހަށްވުރެ ދިގު މުއްދަތައް ފައިސާ ދައްކާފައިނުވާ ދަނޑުތައް މަޢުލޫމާތު އާންމުކުރުން
ގއ.ނިލަންދޫ ކައުންސިލުން ދަނޑުބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކޮށްފައިވާ، ދަނޑުބިންތަކުގެ ތެރެއިން މާރޗް 2026 މަހުގެ ނިޔަލަށް، 03 މަހަށް ވުރެ ގިނަ ދުވަހަށް ފީ ދައްކާފައިނުވާ ދަނޑުތަކުގެ ލިސްޓް މި އިޢުލާނާއެކު އާންމުކުރަމެވެ. އަދި މި ދަނޑުތަކުގެ ފީ، 30 އެޕްރިލް 2026 ގެ ކުރިން މި އިދާރާއަށް ދައްކައި ޚަލާސްކޮށްދިނުމަށް ދަންނަވަމެވެ.
ލިސްޓާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 4000012 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާނަމަ [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.
10 ޛުލްޤަޢިދާ 1447
27 އޭޕްރިލް 2026