ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)338-ESMS/338/2026/21
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 23 ޖުލައި 2026 13:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫގައި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި ގުޅޭ:

އިޢުލާން

 

ކ.ގުރައިދޫގައި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި ގުޅޭ:

            ކ.ގުރައިދޫގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދުގެ ނަރުދަމާ ނިޒާމް އަޕްގަރޭޑްކުރުމާއި އަލަށް ހިއްކި ސަރަހައްދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާގެ ކަނެކްޝަން ގޭގޭއަށް ގުޅައިދިނުމުގެ މަސައްކަތްކުރިއަށް ގެންދިޔުމަށް ގޭގެ ވެރިފަރާތުން މި ހިދުމަތަށްއެދި އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ. އިސްވެދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމުގައްޔާއި، ބަލައިގަތުމުގައި، އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރާނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާއިދު ނަންބަރު 2022/R-90 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" އެއްގޮތަށެވެ. އަދި ފީ އަކާނުލާ ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިމުގައި ޢަމަލުކުރާނީ މި ޤަވާއިދުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ.

ވިމާ، ނަރުދަމާގެ ކަނެކްޝަން ގޭގޭއަށް ގުޅައިދިނުމުގެ މަސައްކަތްކުރިއަށް ގެންދިޔުމަށް ގޭގެ ވެރިފަރާތުން މި ހިދުމަތަށްއެދި  ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ފޯމާއިއެކު ހުށަހަޅަންވާނެއެވެ.

1-  އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

2- އިމާރާތުގެ ވެރިފަރާތް ނިޔާވެފައިވާނަމަ، ޝަރުޢީގޮތުން ކަނޑައަޅައިފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3- އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ

4- އެއްވެސް ސަބަބަކާ ހުރެ، ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން

5- ޤަވާޢިދު ނަންބަރު 2022/R-90 ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާނަމަ، އިމާރާތުގެ ރަޖިސްޓްރީ ކޮޕީ

6- ޤަވާޢިދު ނަންބަރު 2022/R-90 ގެ 6 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހުށަހަޅާނަމަ، ވިޔަފާރި  ރަޖިސްޓްރީ ކޮޕީ

 

             އެޕްލިކޭޝަން ފޯމު އަދި ޤަވާއިދު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 10:00 ން 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

             ވީމާ، މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާ ޤަވާއިދާއި އެއްގޮތަށް ނަރުދަމާގެ ކަނެކްޝަނަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުން ފެށިގެން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

27 އޭޕްރިލް 2026