މަސައްކަތް
ނަންބަރު: 145-SP/2015/78
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 04 ޖަނަވަރީ 2016 10:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތެއް ކުރުމަށް

އިޢުލާން

ކްރިމިނަލް ކޯޓަށް މަރާމާތުގެ މަސައްކަތެއް ކުރުވުމަށް ކުރެވުނު ނަންބަރު SP/2015/74-ފ145 (20 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހަހަޅަން ހާޒިރުވީ 02 ފަރާތަކުން ކަމަށްވާތީ، މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.               

ވީމާ، މަރާމާތުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖަނަވަރީ 04 ވަނަ ދުވަހުގެ 10:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑްފްލޯގައި ހުންނަ ކްރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖަނަވަރީ 06 ވަނަ ދުވަހުގެ 10:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑްފްލޯގައި ހުންނަ ކްރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

18 ރަބީޢުލްއައްވަލް 1437

29 ޑިސެންބަރު 2015