ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1139-EMCD/1139/2026/4
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:31
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ދ. ފުށިކަނޑު ސަރަހައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްސީލު މުރާޖާޢާކުރުން

ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން 21 އޮކްޓޯބަރު 1999 ގައި މި މިނިސްޓްރީއިން ޙިމާޔަތްކޮށްފައިވާ ދ. ފުށިކަނޑު ސަރަހައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްޞީލު ތިރީގައިވާ ގޮތަށް، 27 އެޕްރީލް 2026 އިން ފެށިގެން މުރާޖަޢާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

27 އޭޕްރިލް 2026