މަސައްކަތް
ނަންބަރު: 1051/IUL/2026/ 07
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 23:10
ސުންގަޑި: 04 މޭ 2026 11:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލްގައި އުފެދޭ ކުނި އުކާލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން (އެއް އަހަރަށް)

މިސްކޫލްގައި އުފެދޭކުނި އެއްއަހަރު ދުވަހުގެ މުއްދަތަށް އުކާލުމުގެ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހު 14:00 ގެކުރިން  ދެވިފައިވާ ލިންކް މެދުވެރިކޮށް ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ބިޑަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅިގެން ބޭއްވޭ މައުކޫމާތު ދިނުމުގެ ބައްދަލުވުމެއް 2026 އެޕްރީލް 27 ވާ ހޯމަ ދުވަހު 11:00 ސްކޫލް އޮފީހުގައި އޮންނާނެއެވެ.

 

ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް:  https://forms.gle/Nx3bFEUpgxtHCxc76

މި މަސައްކަތާއި ބެހޭގޮތުން ނުވަތަ އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ގުލޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން  [email protected]   އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބިޑް ހުޅުވުން އޮންނާނީ 2026 މޭ 04 ވާ ހޯމަ ދުވަހު 11:00  ގައި ސްކޫލް އޮފީހުގައެވެ.

  • ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

ތ.އަތޮޅު ތައުލީމާ މަރުކަޒު / ތ.ތިމަރަފުށި، ދިވެހިރާއްޖެ

ފޯން:  6780015 / 9888770

އީ-މެއިލް: [email protected]

26 އޭޕްރިލް 2026