ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)400/PRIV/2026/3
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 06 މޭ 2026 12:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެެޅުމުގެ ދައުވަތު (ލ.މާވަށު ޤުރުއާނާއި ބެހޭ މަރުކަޒަށް ފަރުނީޗަރު ސަޕްލައިކޮށްދިނުން)

އިއުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަމުގެނަން:

ލ.މާވަށު ޤުރުއާނާއި ބެހޭ މަރުކަޒަށް ފަރުނީޗަރު ސަޕްލައިކޮށްދިނުން

ބީލަން ނަންބަރު:

400/PROJ/2026/2

އިއުލާނު ނަމްބަރު:

(IUL)400/PRIV/2026/3

އިއުލާނުގެ ވަނަ:

01

 

ލ.މާވަށު ޤުރުއާނާއި ބެހޭ މަރުކަޒަށް ފަރުނީޗަރު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2026 މެއި 06  ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް ގެޒެޓް އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ.

އެކައުންޓް ނަންބަރު: 7707700295001   

އެކައުންޓް ނަން: 1451 Revenue-1

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް،ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2026 މެއި 07  ވާ ބުރާސްފަތި ދުވަހު 13:30އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލ.މާވަށު ޤުރުއާނާއި ބެހޭ މަރުކަޒަށް ފަރުނީޗަރު ސަޕްލައިކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2026 މެއި 07  ވާ ބުރާސްފަތި ދުވަހު 13:30ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718, 9498383 ނަންބަރު ފޯނަށެވެ.

އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،

26 އޭޕްރިލް 2026