ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/394
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 05 ޖަނަވަރީ 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސް. ޓީ. އޯ. ގެ ނަންބަރު 2015/354/އޭޑީއެމް-60 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު: އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/4،350 ރުފިޔާއާއި -/5،100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ހެޑް އޮފީސް / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އެހެނިހެން ޢިނާޔަތްތައް:

- އިތުރު އެލަވަންސް: -/1،950 ރުފިޔާއާއި -/2،700 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް އެލަވަންސް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

 - މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

- ކަސްޓަމްސަށް ފޮނުވަންޖެހޭ އެއަރ ފްރައިޓާއި، ސީ ފްރައިޓާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން.

- އެއަރ ފްރައިޓާއި، ސީ ފްރައިޓާބެހޭ ކަންތައްތައް އަޕްޑޭޓްކުރުން.

- އެހެނިހެން ކުލިއަރެންސާ ގުޅުންހުރި މަސައްކަތްކުރުން.

ތަޢުލީމީ ތަޖުރިބާ:

- ޖީ. ސީ. އީ. އޯލެވެލްގެ 2 މާއްދާއިން ފާސްވެފައިވުމާއި،  އެސް. އެސް. ސީ. އިމްތިޙާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތި ލިބިފައިވުން.

* ކަސްޓަމާސް ބްރޯކަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވުން.

މަޤާމަށް ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހެއްކަމުގައިވުން.

* ކަސްޓަމްސާއި އެމްޕީއެލްގައި ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެފައިވުން.

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުން.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 5 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، http://www.sto.mv އެވެ.

ނޯޓު:

  • ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑު އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344261 ވެބްސައިޓު: www.stomaldives.com

18 ރަބީޢުލްއައްޥަލް 1437

29 ޑިސެންބަރު 2015