ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-ESD/383/2026/30
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 03 މޭ 2026 13:15
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ސްކޫލް ގޯތިތެރޭގައި ހަދާފައިވާ 08 ފިހާރައިގެތެރެއިން 06 ނަންބަރު ފިހާރަ ކުއްޔަށް ދިނުމާއިބެހޭ

ކުރީގެ ސްކޫލްގޯތިތެރޭގައި ހަދާފައިވާ 08 ފިހާރައިގެ ތެރެއިން 06 ނަންބަރު ފިހާރަ ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. މި ފިހާރަ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން ކުރިއަށް ދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.       

 

ތާރީޚް

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

03 މޭ 2026

13:15

އާދިއްތަ

ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

10 މޭ 2026

13:15

އާދިއްތަ

ކައުންސިލްގެ އިދާރާ

މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވަނީ އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

26 އޭޕްރިލް 2026