މަސައްކަތް
ނަންބަރު: (IUL) 438/438/2015/330
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 06 ޖަނަވަރީ 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'ދިޔަވަރު' ލޯންޗް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) – އެޑިޝަނަލް ފައިނޭންސިންގ މަޝްރޫޢުގެ ބޭނުމަށް ގަލްފްކްރާފްޓް ޓްއަރިން-32 ގެ ލޯންޗެއް ("ދިޔަވަރު" ލޯންޗް) ކޮންޓްރެކްޓް އުސޫލުން ދުއްވައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)438/438/2015/323) އިޢުލާނަށް ލިބިފައިވާ ޕްރޮޕޯޒަލްތައް ބާޠިލުކޮށް، މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އަލުން ހުޅުވައިލަމެވެ. މި ލޯންޗުގައި ޢާންމު ގޮތެއްގައި މަޝްރޫޢުގެ ބޭނުމަށް މާލެއާއި އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ. އަތޮޅު)ގެ ރަށްރަށަށް ދަތުރުކުރަން ޖެހޭނެއެވެ.

ވީމާ، އަމިއްލަ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން (ތެޔޮ އެޅުން ނުހިމެނޭ ގޮތަށް) މިލޯންޗް ދުއްވައި، ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖަނަވަރީ 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީހިސާބު ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓްކޮޕީ ފޯމެޓްގައި މަޢުލޫމާތުކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

   މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

   ގްރީން ބިލްޑިންގ

   ހަނދުވަރީ ހިނގުން، މާފަންނު،

   މާލެ، 20392، ދިވެހިރާއްޖެ

   ފޯނު: 3018419 ، ފެކްސް: 3018301

   އީމެއިލް: [email protected]

އަންދާސީހިސާބު ހުޅުވުން އޮންނާނީ 2016 ޖަނަވަރީ 07 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ޕްރޮޕޯޒަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

31 ޑިސެންބަރު 2015