ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
އެނިއުމަރޭޓާރސް (ސުވާލުދާރުން) |
މުސާރައާއި ޢިނާޔަތްތައް: |
ދުވާލަކަށް -/300 ރުފިޔާ. މީގެ އިތުރުން، މަސައްކަތުގެގޮތުން ދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން: |
މާލެ، އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 16/2015 |
ބޭނުންވާ އަދަދު: |
ޖުމުލަ 70 ސުވަލުދާރުން. |
ބޭނުންވާ މުއްދަތު: |
ސާރވޭގެ ޓްރެއިނިންގ ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން (4 މަހާއި 6 މަހާ ދެމެދުގެ މުއްދަތަށް) |
މަޤާމުގެ ޝަރުޠު: |
1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އެސް. އެސް. އީ. އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އިންޓަވިއުކުރުމުގައި ބެލޭނެ ކަންތައްތައް: |
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގައި ފީލްޑް މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުން ސާރވޭކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް، އެ ގޭގޭގައި ދިރިއުޅޭ، ސާރވޭކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް، ކަނޑައެޅިފައިވާ އުޞޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ. މައިގަނޑު މަސައްކަތްތައް:
ނޯޓު * ސުވާލުދާރުންނަށް ސާރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު، ސާރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސާރވޭގައި މަސައްކަތްކުރެވޭނީ މި ތަމްރީނު ނިންމުމަށްފަހުއެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ތަކެތި: |
1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް. |
ނޯޓު: |
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް އީމެއިލްގެ ޒަރީޢާއިންވެސް ގަބޫލުކުރެވޭނެއެވެ. ވީމާ، އީމެއިލްގެ ޒަރީޢާއިން ހިއްސާކުރަން ތިރީގައިމިވާ އީ-މެއިލަށް ފޮނުވުން އެދެމެވެ. |
ސުންގަޑީ: |
2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3014330 ނަންބަރު ފޯނަށް ނުވަތަ 3014335 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
16 ރަބީޢުލްއައްޥަލް 1437 |