ޢާންމު މަޢުލޫމާތު
ނަންބަރު: BAM-IUL-2026-012
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 01 މޭ 2026 00:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 06 މެއި 2026 އިން 12 މެއި 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 " ގައި ބައިވެރިވުމުގެ ފެރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 01 މެއި 2026  ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށައެޅުން އެދެމެވެ. ) އީމެއިލް ކުރައްވާނީ [email protected] )

 

ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:

  • 06 މެއި 2026 ން – 12 މެއި 2026 އަށް މާލޭ ކުޅިވަރު އެކުވެނި.

 

ބައިވެރިވުމުގެ ފީ އަދި ހިމެނޭ އިވެންޓް ތައް:

ބައިވެރިވާ ކޮންމެ އިވެންޓަކަށް

 ސިންގަލްސް

MVR 100/-

ޑަބަލްސް

MVR 100/-

މިކްސްޑް ޑަބަލްސް

MVR 100/-

 

9  އަހަރުންދަށް، (ސިންގަލްސް)    Under 9 - Born ON or AFTER 2017

      11 އަހަރުންދަށް، (ސިންގަލްސް)      Under 11 - Born ON or AFTER 2015

      13 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)  Under 13 - Born ON or AFTER 2013

      15 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑް ޑަބަލްސް)  Under 15 - Born ON or AFTER 2011  

      17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑް ޑަބަލްސް) Under 17 - Born ON or AFTER 2009

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑް ޑަބަލްސް) Under 19 - Born ON or AFTER 2007

އޯޕަން ކެޓަގަރީ (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑް ޑަބަލްސް)

 

ކުޅެވޭ ޝަޓްލް ބްރޭނޑް:..........................

މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ): 

  • ·         މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި

 

Participation Form U9-U11-U13-U15-U17-U19 – OPEN CATEGORY

 

ބައިވެރިވުމަށް އެދޭ ފޯރމް ހުށައެޅުމުގެ ފަހު ތާރީޙް އަދި ފީ: 

  • 01 މެއި 2026 ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް [email protected]
  •  ބައިވެރިވުމަށް އެދޭ ފޯރމް އާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ ހުށައަޅަންވާނެއެވެ.
  •  ޕާޓިސިޕޭޝަން ފީ 7701172490001 Badminton Association ގެ އެކައުންޓަށް ޓްރާސްންފަރ ކުރުމަށްފަހު ސްލިޕް ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް އާއި އެޓޭޗް ކުރުން އެދެން. (ސްލިޕްގެ ރިމާކްސްގައި ކުޅުންތެރިޔާގެ ނަން އަދި އައިޑީ ކާޑު ނަމްބަރު ހިމެނުން އެދެން)

 

މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:

  •  04 މެއި 2026 ވާ ހޯމަ ދުވަހުގެ 14:00 ކުރިން

 

މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި ޑްރޯ މީޓިންގ:

  • މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 02 މެއި 2026.
  • މެނޭޖަރސް މީޓިންގ އޮންނާނީ 04 މެއި 2026 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި.
  • ޑްރޯ މީޓިންގައި ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވިދާނެއެވެ.

 

މުބާރާތުގެ ރެފްރީ :އަލީ އަބްދުލް ކަރީމް   ޑެޕިއުޓީ ރެފްރީ: ………………………

 

* ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

19 އޭޕްރިލް 2026