ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ފަރާތުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބެޗްލަރ އޮފ ޓީޗިންގ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް މޮޑިއުލްތައް ފަރުމާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ދެވަނަ އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ފަރާތުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބެޗްލަރ އޮފ ޓީޗިންގ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް މޮޑިއުލްތައް ފަރުމާކޮށްދޭނެ ފަރާތެއް ގުޅިގެން ކުރެވުނު ނަންބަރު IUL)170-PR/170/2026/44) (01 މާރިޗު 2026) އިޢުލާންއަށް އެއްވެސް ފަރާތަކުން ޝަރުޠު ހަމަވެފައި ނުވާތީ، މި އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކީ އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވަން ބޭނުންވެލައްވާނަމަ 03 މޭ 2026ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް މެއިލްކޮށްދެއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 04 މޭ 2026ވާ ހޯމަ ދުވަހުގެ 10:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
08 ޛުލްޤައިދާ 1447