ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: ޗީފް އިންފޮމޭޝަން އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ކްލެސިފިކޭޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސް ޑިރެކްޓަރސް އެންޑް މެނޭޖަރސް
މަޤާމުގެ ރޭންކް: CS13-2
މުސާރަ: މަހަކު -/15،650 ރުފިޔާ
ސަރވިސް އެލަވަންސް: -/2،500 ރުފިޔާ
ނޮން ޕްރެކްޓިސް އެލަވަންސް: މުސާރައިގެ 35%
ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، ކ. މާލެ
ޑިވިޜަންގެ ނަން: -
ސެކްޝަންގެ ނަން: -
ފެންވަރު ނުވަތަ ޝަރުޠު:
1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ ނުވަތަ އެފެންވަރު) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއި، ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާއާއި، ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞަ:
- އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން އެން. ސީ. އައި. ޓީ. އަށް ހަވާލުކޮށްފައިވާ މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އުސޫލުތަކުގެމަތިން ރާވައި ހިންގައި ސަރުކާރުން ކުރާ މަސައްކަތްތަކާއި ދޭ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާކޮށް؛ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށްޓަކައި އިންފޮމޭޝަން ޓެކްނޯލޮޖީ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުން.
- ސަރުކާރުގެ މުވައްސަސާތަށާއި އަމިއްލަ ފަރާތްތަކަށް އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ފަންނީ ލަފައާއި އިރުޝާދު ދިނުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް، ލިޔުމަކުންނެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް" ގައިވާ "އިންފޮމޭޝަން ޓެކްނޮލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް" ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:
- ތަޢުލީމީ ފެންވަރު: %30
- ޕްރޮފެޝަނަލް ތަމްރީނު: % 10
- މަސައްކަތުގެ ތަޖުރިބާ: %30
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް: %30
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން:
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވަނީ އިޢުލާން ހަމަވާތާ 2 ހަފްތާގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، 1 ދުވަހުގެ ކުރިން ލިޔުމަކުން އެންގޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައި)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އޮފީހުގެ www.ncit.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އޮފީހުގެ ފްރަންޓް އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344004 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.
20 ރަބީޢުލްއައްޥަލް 1437