ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2026/12
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 28 އޭޕްރިލް 2026 14:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކޮމޮޑޭޝަން ބްލޮކްގެ ވަށާފާރާއި ވަޅު ބެހެއްޓުމުގެ މަސައްކަތްކުރުމާއު ގުޅޭ.

    މި ކައުންސިލާއި، މ. އަތޮޅު ކައުންސިލް ގުޅިގެން މި ރަށުގައި ބިނާކުރާ އެކޮމޮޑޭޝަން ބްލޮކުގެ ވަށާފާރު ރޭނުމާއި ވަޅު ބަހައްޓައި ފެން ގުޅައިދިނުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ރަޖިސްޓަރީ ކުރުން.

      ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 28 އޭޕްރިލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓުރޭޝަން ފޯމް ހުށައަޅުއްވާ ފަރާތްތަކައް މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް، ސޮފްޓްކޮޕީ މެއިލް ކުރެވޭނެއެވެ.

 

ބިޑު ހުށަހެޅުމާއި، ހުޅުވުން.

 ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 03 މެއި 2026 ވަނަ ދުވަހު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ، މ. ނާލާފުށި، ދިވެހިރާއްޖެ

ފޯން: 6720034

އީމެއިލް: [email protected]

ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

23 އޭޕްރިލް 2026