ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓަންޓް އޮފިސަރ / އޮފިސަރ / ސީނިއަރ އޮފިސަރ / އެސިސްޓެންޓް މެނޭޖަރ
ޑިޕާޓްމަންޓް: މެޑިކަލް އެންޑް އެމްޕެނަލްމަންޓް
މަތީގައިވާ މަޤާމްތަކަކީ ޞިއްޙީ ދާއިރާއާ ގުޅޭ ވަޒީފާގެ ފުރުޞަތުތަކެކެވެ.
ތަޢުލީމާއި ތަޖުރިބާ:
- އެންމެ ދަށްވެގެން ސެޓްފިކެޓް ލެވެލް / ޑިޕްލޮމާ ނުވަތަ / ޑިގްރީ އިން ނާރސިން ނުވަތަ ޞިއްޙީ ދާއިރާއަކާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.
- ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ނުވަތަ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- މައިކްރޮސޮފްޓް އޮފީސް އެކްސެލްއާއި ވޯރޑާ ކުޅެން އެނގުން.
- މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ މަސައްކަތްތައް ގެންދަންޖެހޭގޮތުގެ ޕްލޭން އެކުލަވައިލައި ތަރައްޤީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އޯޕީ އިންވޮއިސްތައް ދިރާސާކުރުން.
- އައިސީޑީގެ ހުރިހާ މަސައްކަތެއް ކުރުން.
- ރާއްޖެއިން ބޭރުގެ ކްލެއިމްސް، އޯޕީ އައިޕީ އިންވޮއިސްތައް ބަލައި ފާސްކޮށް، ބާޠިލްކުރަންޖެހޭ އެއްޗެއް ބާޠިލްކޮށް އެންގުން.
- ކުއްލި ހާލަތްތަކުގައި ރާއްޖެއިން ބޭރުގެ ކްލެއިމްސް ބަލައި ފާސްކޮށް ކުންފުނީގެ ގަވައިދާ އެއްގޮތުގެމަތިން ބެލެހެއްޓުން.
- ކަސްޓަމަރ ސަރވިސް އިން އަންނަ ފޯނު ކޯލްތްކަށް ޖަވާބުދާރީވުން (އެ މަޤާމަކަށް ނަގާ ފަރާތަކަށް)
މުސާރަ: ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން.
ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ، 2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. |
ޝައުޤުވެރިވާ ފަރާތްތަކުން، ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަންވާނެއެވެ.
އާސަންދަ ކޮމްޕެނީ ލޓޑ، ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
ފޯން: 1400 301 +960 ފެކްސް: 3636 301 +960
އީމެއިލް: [email protected]
ވެބްސައިޓް: www.aasandha.mv
ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ސައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ.
20 ރަބީޢުލްއައްޥަލް 1437