ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203/1/2015/47
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:26
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ކޮންސަލްޓަންޓުން ރަޖިސްޓަރީކުރުމާ ބެހޭ
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ކޮންސަލްޓަންޓުން ރަޖިސްޓަރީކުރުމާ ބެހޭ
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 17 ވަނަ މާއްދާ ގެ (ހ) ގެ ދަށުން ތިމާވެށީގެ ކޮންސަލްޓަންޓުންގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުން އަންނަނިވި ގޮތަށް އަނބުރާ ނުލިބޭ ފީއެއް މި އޭޖެންސީއަށް ދައްކަންޖެހޭނެއެވެ.
ތިމާވެށީގެ ދާއިމީ ކޮންސަލްޓެންޓަކަށް ވުމަށް -/5000 ރ (ފަސް ހާސް ރުފިޔާ)
ތިމާވެށީީގެ ވަގުތީ ކޮންސަލްޓެންޓަކަށް ވުމަށް -/1000 ރ (އެއް ހާސް ރުފިޔާ)
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
18 ރަބީޢުލްއައްވަލް 1437
29 ޑިސެންބަރު 2015