ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2026/35
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 30 އޭޕްރިލް 2026 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ ސޯޝަލް ބެނެފިޓްސް ޕޮލިސީ އޮފިސަރ

         

އިޢުލާނު

މަޤާމު:

ސީނިއަރ ސޯޝަލް ބެނެފިޓްސް ޕޮލިސީ އޮފިސަރ  

މަޤާމުގެ ނަންބަރު:

J-442743

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ސެކްޝަން/ ޔުނީޓް

ޕޮލިސީ ފޯމިއުލޭޝަން އެންޑް ޕްލޭނިންގ ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 9560.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 4465.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/120 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތަކާއި ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމަށް ބޭނުންވާ މަޢުލޫމާތު ވެރިންގެ އިރުޝާދާއެކު ލީގަލް ޔުނިޓާ ހިއްޞާކޮށް ގަވާއިދުތަކާއި އުސޫލުތައް އަދި އެސް.އޯ.ޕީ ތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  2. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތަކާއި ގުޅިގެން އަލަށް ތަޢާރަފްކުރާ ޕްރޮގްރާމްތަކުގެ ފޯމްތަށް ތައްޔާރުކުރުމާއި މިހާރު ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ފޯމްތަކަށް ބަދަލެއް ގެންނަށް ޖެހޭނަމަ ވެރިންގެ އިރުޝާދާ އެއްގޮތަށް އެ ބަދަލެއް ގެނައުން.
  3. އެންސްޕާއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ސިޔާސަތުތައް މުޠާލިޢާކުރުމަށް ބޭނުންވާ ދިރާސާތައްކޮށް އެކަމާގުޅޭ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ވެރިންނާއި ހިއްޞާކޮށް ވެރިންގެ އިރުޝާދުގެ ދަށުން ސިޔާސަތުތައް މުޠާލިއާކުރުމަށް ބޭނުންވާ ކަރުދާސް އަދި ލިޔެކިޔުންތައް ތައްޔާރުކުރުން.
  4. އެޖެންސީގެ މަސައްކަތްތަކާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެންސްޕާއިން ކަނޑައަޅަންޖެހޭ އުޞޫލުތަކާއި ޕްލޭންތަކާއި އެސް.އޯ.ޕީ ތައް ހެދުމުގެ މަސައްކަތްތައް ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  5. އެންސްޕާއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ ޕްރޮގްރާމްތަކުން ޢާއްމު ރައްޔިތުންނަށްކުރާ އަސަރުދެނެގަތުމަށް ބޭނުންވާ ދިރާސަތައްކުރުމާއި ކަމާއި ގުޅޭ ލިޔުންތައް ތައްޔާރުކުރުން.
  6. އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ގޮތުގައި އަލަށް ތަޢާރަފްކުރާ ޕްރޮގްރާމްތައް ރޯލްއައުޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެރިންގެ އިރުޝާދުގެ ދަށުން ކުރުން.
  7. އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވިފައިވާ އާސަންދަ ސްކީމް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަށް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ދިރާސާކޮށް އެމައުލޫމާތު ލީގަލް ޔުނިޓާ ހިއްޞާކޮށް ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  8. އާސަންދަ ސްކީމް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަކަށް ގެނެވޭ ބަދަލުތައް ތަންފީޒުކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް ވެރިންގެ އިރުޝާދާ އެއްގޮތަށް އެންގުން.
  9. އާސަންދަ ސްކީމްގެ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަކަށް ގެނެވޭ ބަދަލުތަކާ އެއްގޮތަށް ސްކީމް ތަންފީޒުކުރެވޭތޯ މޮނިޓަރކޮށް އެކަން އެޖެންސީގެ އިސްވެރިންނާއި ޙިއްސާކޮށް ވެރިންގެ ލަފާގެދަށުން އެމަސައްކަތް ކުރުން.
  10. އާސަންދަ ސްކީމް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި އަދި ދިރާސާ ރިޕޯރޓުތައް އެޖެންސީގެ ވެރިންނާ ހިއްޞާކޮށް ވެރިންގެ އިރުޝާދުގެ ދަށުން ސްކީމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. އެންސްޕާއިން ކުރިއަށްގެންދާ އެންމެހާ ޕްރޮގްރާމްތަކާގުޅޭ ތަފާސްހިސާބު ތައްޔާރުކޮށް، މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  12. ޕޮލިސީ އެންޑް ޕްލޭނިންގ ޔުނިޓަށް ލިބޭ ސިޓީ/ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބުތައް ވެރިއެއްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެކައުންޓިންގ 
  2. އެޑްމިނިސްޓްރޭޝަން 
  3. ބިޒްނަސް 
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  5. ބިޒްނަސް މެނޭޖްމަންޓް 
  6. ކައުންސެލިންގ 
  7. ޑިވެލޮޕްމަންޓް ސްޓަޑީޒް 
  8. އަރލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން 
  9. ފައިނޭންސް 
  10. ޖެންޑަރ ސްޓަޑީޒް 
  11. އިންޝުއަރަންސް އެންޑް ޕެންޝަން މެނޭޖްމަންޓް 
  12. މެނޭޖްމަންޓް 
  13. ޕްރައިމަރީ ހެލްތް ކެއަރ 
  14. ސައިކޮލޮޖީ 
  15. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  16. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  17. ޕަބްލިކް މެނޭޖްމަންޓް 
  18. ރީހެބިލިޓޭޝަން ސައިންސް 
  19. ސޯޝަލް ޑިވެލޮޕްމަންޓް 
  20. ސޯޝަލް ސަރވިސަސް 
  21. ސޯޝަލް ވޯރކް 
  22. ސޯޝިއޮލޮޖީ 
  23. ސްޕެޝަލް އެޑިޔުކޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  • ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމާގުޅޭ ނުވަތަ ފައިސާއާއި ހިސާބު ބެލެހެއްޓުމާގުޅޭ ނުވަތަ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބެންވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2026 މޭ 03 އާއި 2026 މޭ 31 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

  

23 އޭޕްރިލް 2026