ދިވެހިރާއްޖެ
އިޢުލާން
އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެނަލިސްޓުން ބޭނުންވެއްޖެ:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެދަށުން ހިންގަމުންދާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ، ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ޑިވެލޮޕްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: |
2 (ދޭއް) |
މަސައްކަތުގެ މުއްދަތު: |
1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވޭނެ) |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރު 02:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު ފަހެއްޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.) |
އުޖޫރަ: |
މަހަކު -/15,000 ރުފިޔާ |
ފެންވަރު/ޝަރުޠު: |
1. އަމިއްލަ އިސްނެގުމާއެކު، އެހެންމީހެއްގެ އެހީއާނުލައި އިންފޮމޭޝަން ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ބަލަހައްޓައި ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާބިލިއްޔަތުކަން ހުރުން. 2. "ސަޓިފައިޑް އިންފޮމޭޝަންސިސްޓަމް ސެކިއުރިޓީ ޕްރޮފެޝަނަލް"، "އެތިކަލް ހެކަރ ސެޓިފިކޭޝަން" ފަދަ އައި.ޓީ ސެކިއުރިޓީގެ ދާއިރާއިން ޕްރޮފެޝަނަލް ސަނަދެއް ހޯދާފައިވުން. ނުވަތަ ސެކިއުރިޓީ ދާއިރާއިން (ޚާއްޞަކޮށް އެތިކަލް ހެކިންއިން) މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން. 3. އަމިއްލައަށް މަސައްކަތް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން. 4. ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ޙައްލުކުރަން އެނގުން. |
މައިގަނޑު މަސައްކަތްތައް: |
އެން.ސީ.އައި.ޓީގެ ބެލުމުގެދަށުން ހިންގާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މި މަސައްކަތް ޙަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ. 1. ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ވަލްނަރަބިލިޓީސް ހޯދައި، ސިސްޓަމްތަކާއި ނެޓްވާކް ބަލަހައްޓާ ފަރާތްތަކާއެކު މަސައްކަތްކޮށްގެން، ޙައްލުހޯދައި، އިންމްޕްލިމެންޓުކޮށް، ސިސްޓަމްތަކާއި ނެޓްވާކް ރައްކައުތެރިކުރުން. 2. މިގޮތުން ހޯދޭ ވަލްނަރަބިލިޓީސްއާއި ޙައްލުތައް ޑޮކިއުމަންޓުކޮށް، މި ވަލްނަރަބިލިޓީސް ތަކުރާރުނުވާނޭހެން، ސިސްޓަމްތަކާއި ނެޓްވާކް ސެކިއުރިޓީ ޗެކްލިސްޓްތަކާއި ނޮލެޖްބޭސްއެއް ތައްޔާރުކޮށް ބެލެހެއްޓުން. 3. އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ދެމެހެއްޓެނެވިގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ އިންޓްރޫޝަން ޑިޓެކްޝަންފަދަ ކައުންޓަރ މެޝާޒްތަކަކީ ކޮބައިތޯ ބަލައި، އެން. ސީ. އައި. ޓީ. ގެ މަޝްވަރާގެމަތިން، މިފަދަ ސިސްޓަމްތަކާއި ޕްރޮސީޖަރތައް ޤާއިމުކޮށް، ޑޮކިއުމަންޓުކޮށް، ބެލެހެއްޓުން. 4. އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް، ISO 27001 ގެ ފެންވަރަށް، އެން. ސީ. އައި. ޓީ. ގައި ޤާއިމުކުރުމަށް ޕްލޭނެއް އެކުލަވވައިލައި، އެން. ސީ. އައި. ޓީ. އަށް ހުށަހަޅާ، މެނޭޖްމަންޓުގެ ހުއްދައާއެކު، އެން. ސީ. އައި. ޓީ. އިން ކަނޑައަޅާ މުއްދަތެއްތެރޭގައި އިމްޕްލިމެންޓް ކުރުން. |
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން. 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3. ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއިއެކު). 5. ކުރީން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ. |
ހުށަހަޅަންޖެހޭ ތާރީޚު: |
މި މަސަތްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް ([email protected]) ފޮނުވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނެ އެޑްރެހަކީ، [email protected] އެވެ. |
އޮފީހުގެ މަޢުލޫމާތު: |
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، 64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ ފޯނު ނަންބަރު: 4000 334 (960) ފެކްސް ނަންބަރު: 4004 334 (960) އީމެއިލް އެޑްރެސް: [email protected] ވެބްސައިޓް: www.ncit.gov.mv |
20 ރަބީޢުލްއައްޥަލް 1437