ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު: (IUL)30-E/30/2015/37 (27 ޑިސެންބަރު 2015) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
މަތީގައި ހަވާލާދީފައިވާ އިޢުލާނުގައި ރ. ބޮޑުފުށި ވަރުވާއަށް ދޫކުރާކަމަށް ބަޔާންކުރެވިފައި އެވަނީ އޮޅުމަކުންނެވެ. ރ. ބޮޑުފުއްޓަކީ ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެކެވެ. އެހެން ކަމުން އެ އިޢުލާނުން ރ. ބޮޑުފުށި އުނިކޮށްފައިވާ ވާހަކަ އާންމުކޮށް އިޢުލާނު ކުރަމެވެ.
އަދި ދަންނަވަމެވެ. ޙަވާލާދީފައިވާ އިޢުލާނުގައި އެވާ ވަރުވާ ރަށްތަކުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިންގ) ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.